ސްރީލަންކާގެ އެކްޓިންގ ހައި ކޮމިޝަނަރު، ހަރ އެކްސެލެންސީ، މސ. ތިމުތު ސަންޖިކާ ދިސާނަޔަކަ، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއަށް ޒިޔާރަތްކުރައްވައިފިއެވެ.
މި ޒިޔާރާތުގައި އެކަމަނާ ވަނީ އެ ވުޒާރާގެ އިސްބޭފުޅުންނާއިއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފައެވެ. މިގޮތުން މި ބައްދަލުވުމުގައި ދިވެހިރާއްޖެ އަދި ސްރީލަންކާއާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމާއި، ދެ ފަރާތުގެ މަސްލަޙަތު ހިމެނޭހެން ދެ ދަޢުލަތުގެ ކުރިއެރުމަށް މަސައްކަތްކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.
އަދި، ދެ ޤައުމުގެ މަތީ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމަށް ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކުގެ މައްޗަށްވެސް މި ބައްދަލުވުމުގައި ވަނީ އަލިއަޅުވައިލެވިފައެވެ.
މި މަޝްވަރާ ބައްދަލުވުމުގައި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ މިނިސްޓަރ އޮފް ސްޓޭޓް، ޑރ. ޢަބްދުލްރަޙީމް ޙަސަން، މިނިސްޓަރ އޮފް ސްޓޭޓް،ފާތިމަތު މުޙައްމަދު، ޑެޕިއުޓީ މިނިސްޓަރ، އައިމިނަތު ޝަޝީ އަދި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ)ގެ ސީއ.އީ.އޯ، މަރްޔަމް ފިޒާނާ ރަޝީދު ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.
މި ލިޔުން ކިޔާލުމުން