Saturday, October 31
ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، "12 ވަނަ ނޫސްވެރިކަމުގެ އިނާމު" އަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީޑިއާ ކައުންސިލުން ކުރި އިޢުލާނުގައިވާ ގޮތުން މި ފަހަރުގެ އިނާމަށްވެސް ދެ ކެޓަގަރީއަކުން ނަން ހުށަހެޅޭނެއެވެ. އެއީ ނޫސްމަޖައްލާ ކެޓަގަރީއާއި އޯޑިއޯ ވީޑިއޯ ޖާނަލިޒަމް ކެޓަގަރީއެވެ. މީގެ އިތުރުން މި ދެ ކެޓަގަރީގެ ދަށުން 14 ދާއިރާއަކަށް ނަން ހުށަހެޅޭނެއެވެ. އެއީ ތަޙްޤީޤީ ނޫސްވެރިކަމުގެ ދާއިރާއާއި، އިޖުތިމާޢީ ދާއިރާއާއި، ސިޔާސީ ދާއިރާއާއި، ޝަރުޢީ ދާއިރާއާއި ޤާނޫނީ ދާއިރާއާއި، ވިޔަފާރިއާއި އިޤުތިޞާދުގެ ދާއިރާއާއި، ކުޅިވަރުގެ ދާއިރާއާއި، ފޮޓޯ ޖާރނަލިޒަމްގެ ދާއިރާއާއި، ޑޮކިއުމަންޓްރީގެ ދާއިރާއާއި، ފީޗަރ ރިޕޯޓުގެ ދާއިރާއާއި، ލައިފްސްޓައިލާއި، މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާއާއި، ތިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާއާއި، އުންމީދީ ނޫސްވެރިޔާގެ އިނާމުގެ އިތުރުން އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު އަދި ރީޖަނަލް ނޫހުގެ އެންމެ މޮޅު އުފެއްދުމުގެ އިނާމެވެ.

މި އިނާމުތަކަށް ކުރިމަތިލާނީ، ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން އާންމުކޮށްފައިވާ ގޫގަލް ފޯމް މެދުވެރިކޮށެވެ.

މި އިނާމުތަކަށް ކުރިމަތިލާ ފަރާތްތަކުން 31 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން، އިނާމަށް އެދި ހުށަހަޅާ ފޯމް ހުށަހެޅުމަށް މީޑިއާ ކައުންސިލުން ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު