Saturday, October 31
ދަރަނބޫދޫގައި ހިންގި ހައިޑްރޮޕޯނިކްސް ޕްރޮގަރާމް ނިންމާލައިފި

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ފަރާތުން ފ.ދަރަނބޫދޫގައި ހައިޑްރޮޕޯނިކްސް ޕްރޮގަރާމް ކާމިޔާބުކަމާއެކު ނިންމާލާފިއެވެ.

އެ ވުޒާރާއިން ބުނީ މި ޕްރޮގްރާމުގެ ދަށުން އެރަށުގެ 10 ފަރާތަކަށް ހައިޑްރޮޕޯނިކްސް ނިޘާމާއި ގްރީންހައުސް، މި ވުޒާރާގެ އެހީތެރިކަމާއެކު ޤާއިމްކޮށް ވަނީ ހަވާލުކުރެވިފައެވެ. އެގޮތުން ސިސްޓަމްތައް ލިބުނު ކޮންމެ ފަރާތަކަށްވެސް ކެއުމުގައި ބޭނުންކުރާ ފާތާއި ތަރުކާރީ އިންދުމަށް އެއް ސިސްޓަމާއި މެލަން އިންދުމަށް ސިސްޓަމްއެއް ފޯރުކޮށްދީފައިވާ ކަމަށްވެސް އެ ވުޒާރާއިން ހާމަކުރެއެވެ.

ހައިޑްރޮޕޮނިކްސް ސިސްޓަމް ލިބުނު 10 ފަރާތްތައް ހިމެނޭހެން، ޖުމްލަ 29 ބައިވެރިން ވަނީ ހައިޑްރޮޕޮނިކްސް ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.

މިފަދަ ހައިޑްރޮޕޮނިކްސް ޕްރޮގެރާމެއް މިއަހަރުގައި އދ. އޮމަދޫގައި ވެސް ވަނީ ފުރިހަމަކަމާއެކު ކުރިއަށް ގެންގޮސްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު