އާދިއްތަ, November 15
ދުރާލާ ދެވޭ އިންޒާރުތަކަށް އާންމުން އަހުލުވެރިކުރުމަށް މެޓް އޮފީހާއި ރެޑް ކްރެސެންޓުން ފަހުމުނާމާއެއްގައި ސޮއިކޮށްފި
މޯލްޑިވްސް މީޓިއޮރޮލިޖަލް ސަރވިސް އާއި ދިވެހި ރެޑް ކްރެސެންޓާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އިބްރާހީމް މިމްރާޙެވެ. އަދި ދިވެހި ރެޑް ކްރެސެންޓްގެ ފަރާތުން ސޮއިކުރެއްވީ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ހިމްޔާއެވެ. މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މި ފަހުމުނާމާގެ މަޤުޞަދަކީ މޫސުމީ ބަދަލުތަކާއި، ކާރިސާގެ ކަންކަން ބެލެހެއްޓުމާއި ދުރާލާ ދެވޭ އިންޒާރުތަކާއި ގުޅޭގޮތުން އާންމު ރައްޔިތުންގެ ހޭލުންތެރިކަމާއި ވިލުންވެރިކަން އިތުރުކުރުމަށް، ދެ މުއައްސަސާއިން އެހީތެރިކަން ފޯރުކޮށްދީ ގުޅިގެން މަސައްކަތްކުރުމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު