އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ މުވައްޒަފުންނަށް ޕޭޝަންޓް ސޭފްޓީ އާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފިއެވެ.
މި ސެޝަން ނަންގަވައިދެއްވީ ކޮލިޓީ ކޮމިޝަނަރ އޮފް ހެލްތު ތަސްލީމާ އުސްމާނެވެ.
02 ސެޝަނަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ސެޝަން ގައި ބަލިމީހާ ފަރުވާ ހޯދާ މާހައުލަކީ ދުޅަހެޔޮ މާހައުލަކަށް ހެދުމާއި އަދި ދެވޭ ފަރުވާއަކީ ރައްކާތެރި އެކަށީގެންވާ ފަރުވާއަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
AEH successfully held its Annual Patient Safety Meeting with the honored presence of the Quality Commissioner, Uza.Thasleema usman, reflecting on the year’s efforts and reaffirming our commitment to delivering safe, high-quality care.
Follow Our Journey!@presidencymv @MoHmv pic.twitter.com/nU5U92vt80
— Addu Equatorial Hospital (@aeh_mv) July 12, 2025
އަދި ބަލިމީހާ ބަލިން ރަނގަޅުވުމުގައި އެންމެ ބޮޑު ދަޢުރެއް އަދާކުރާ ބަޔަކީ ބަލިމީހާއަށް ފަރުވާ ދިނުމުގައި މަސައްކަތްކުރާ ސިއްޙީ އެހީތެރިންކަމުން، ބަލިމީހާގެ ފަރުވާގެ ކަންކަން އެންމެ ރަނގަޅަށް ގެންދެވޭނީ، ސިއްޙީ އެހީތެރިންގެ ސަލާމަތްކަމާއި ރައްކާތެރިކަން ކަށަވަރުކުރެވިގެންކަން ފާހަގަ ކުރައްވާ، މިސެޝަންގައި ސިއްޙީ ޙިދުމަތްތެރިންނަށް"ސައިކޮލޮޖިކަލް ސޭފްޓީ އިން ހެލްތްކެއާ" އަށް ފޯކަސްކޮށް މުވައްޒަފުންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކުރުމަށް ކުރާނެ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
މި ދެ ސެޝަންގައި ވެސް ފާހަގަކުރެއްވި ކަންތައްތަކާއި ގުޅިގެން އިސްކަންދޭންވީ ކަންކަމާއި ޖަވާބުދާރީވާންޖެހޭ ކަންކަމުގެ މައްޗަށް މައުލޫމާތު ބަދަލުކޮށްފައިވެއެވެ.
މި ސެޝަން ތަކުގައި 50 ހަކަށްވުރެ މުވައްޒަފުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ޑޮކްޓަރުންނާއި، ނަރުހުން، އެލައިޑް ހެލްތު ކެއާ ޕްރޮފެޝަނަލްސް އަދި އިދާރީ މުވައްޒަފުން ހިމެނޭ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ލިޔުން ކިޔާލުމުން