Saturday, October 31
ޒަޚަމްތަކަކާއެކު ފެނުނު ދުވަސްވީ މީހަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ

އއ. މާޅޮހުގައި ޒަޙަމްތަކަކާއިއެކު ފެނުނު، އުމުރުން ދުވަސްވީ މީހެއް ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މާޅޮހުގެ ގެއެއްގައި ނިދާފައި އޮތް މީހަކަށް ބޮޑެތި ޒަޙަމްތަކެއް ދިނުމުގެ ސަބަބުން އެ ރަށު ސިއްޙީ މަރުކަޒަށް ގެންދެވުނު ކަމަށެވެ. އަދި އެމީހާއަށް ފަރުވާދެމުން އަންނަނިކޮށް ނިޔާވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންނަށް މިމައްސަލައިގެ މައުލޫމާތު ލިބިފައިވަނީ ރޭ ދަންވަރު 1:50 އެހައިކަންހާއިރުއެވެ.

|ތައުޒިޔާ ދެންނެވުން|
މިރަށު އޯކިޑްމާގެ، ޢަބުދުއްރަޙްމާން އާދަމް، ރޭގެ ވަގުތެއްގައި ނިޔައުވެފައިވާތީ، އެ ޢާއިލާއަށް އިޚްލާސްތެރި ތައުޒިޔާ ދަންނަވަމެވެ.

Posted by Aa. Maalhos Council on Saturday, July 12, 2025

ޒަޚަމްތަކަކާއެކު ފެނިފައިވަނީ އއ. މާޅޮސް އޯކިޑްމާގެ އުމުރުން 65 އަބްދުއްރަހްމާން އާދަމްއެވެ.

މިމައްސަލަ ތަހުޤީޤު ކުރަން ފަށާފައިވާއިރު، ފުލުހުންގެ ޚާއްސަ ޓީމެއް އެ ރަށަށް މިހާރު ދަތުރުކުރަމުންދާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު