Monday, October 12
ސިވިލް ސޮސައިޓީ އެވޯޑަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ޔޫތު މިނިސްޓަރ އިބްރާހީމް ވަޙީދު - ފޮޓޯ: ޔޫތު މިނިސްޓްރީ

ސިވިލް ސޮސައިޓީ އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން އިތުރުކޮށްއެވެ.

އެ ވުޒާރާއިން  ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިއީ ޖަމްޢިއްޔާތަކުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާ މަދަނީ ޖަމްޢިއްޔާ/ޖަމާޢަތްތަކުން ރާއްޖޭގެ މުޖްތަމަޢު ބާރުވެރިކުރުމުގެ ގޮތުން ހިލޭސާބަހަށް ކުރާ މަސައްކަތްތައް ފާހަގަކޮށް، އެޖަމްޢިއްޔާތަކުގެ އަގުވަޒަން ކުރުމުގެގޮތުން ދިނުމަށް ކަނޑައެޅިފައިވާ އިނާމެއް ކަމަށެވެ.

އެހެންކަމުން ސިވިލް ސޮސައިޓީ އެވޯޑަށް ނަން ހުށަހެޅުމަށް ޝައުޤުވެރިވާ ޖަމްޢިއްޔާތަކުން، 17 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން އެ ވުޒާރާގެ ކައުންޓަރަށް ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ. ކުރިން މުއްދަތު އޮތީ ޖުލައި10 ވަނަ ދުވަހާއި ހަމައަށެވެ.

އެ ވުޒާރާއިން ބުނީ މި އިނާމުގެ ސަބަބުން ޖަމްޢިއްޔާތަކުން ކުރާ މަސައްކަތްތައް ގައުމީ ފެންވަރުގައި ފާހަގަކުރެވޭނެ ކަމަށާއި، މި އިނާމަކީ އިޖުތިމާޢީ ގޮތުން މުޖުތަމަޢު ބާރުވެރި ކުރުވުމަށް އަމިއްލަ އިސްނެގުމުގެ މަތީން، ތަފާތު ގޮތްގޮތުން އެ ޖަމްޢިއްޔާއެއް ނިސްބަތްވާ މުޖްތަމަޢުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ކުރިއެރުވުމަށް ހިލޭސާބަހަށް މަސައްކަތް ކުރުމުގައި މަދަނީ ޖަމްޢިއްޔާތަކުގެ ތެރެއިން ނަމޫނާ ދައްކުވައިދޭ ފަދަ މަސައްކަތްތައް ކޮށްފައިވާ ޖަމްޢިއްޔާ ތަކަށް ދެވޭ އިނާމެއް ކަމަށެވެ.

މިގޮތުން މަދަނީ ޖަމްޢިއްޔާތަކުގެ އިނާމް ލިބޭފަރާތްތަކަށް ޚާއްޞަ އެވޯޑާއި، ސެޓްފިކެޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

ސިވިލް ސޮސައިޓީ އެވޯޑް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު