Saturday, October 31
މުޅި ރާއްޖެއަށް މޫސުން ގޯސް، ދަތުރުކުރުމުގައި ސަމާލުވުމަށް އެދެފި

މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ސަބަބުން މުޅި ރާއްޖެއަށް މޫސުން ގޯސްވެ، ކަނޑުތައްވެސް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ބުނެފިއެވެ.

މޫސުމާއި ބެހޭ އިދާރާއިން ބުނީ މި ދުވަސްވަރު ރާއްޖޭގެ ހުޅަނގުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ބާރުގަދަވެ، ރާއްޖޭގެ އެކި ހިސާބުތަކަށް ކުރިއަށް އޮތް ދެ ދުވަހެ ވެސް މޫސުން ގޯސްވާނޭކަމަށެވެ. އެހެން ކަމުން ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ވަނީ އިލްތިމާސްކޮށްފައެވެ.

މޫސުމާއި ބެހޭ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރުންވެސް އެކަށީގެންވެއެވެ.އަދި ވިލާގަނޑުގައި ގަޑިއަކު19 މޭލާއި2 މޭލާއި ދެމެދު ގެ ބާރުމިނެއްގައިވައިޖެހި ވިލާގަނޑުގައި ގަޑިއަކު0 މޭލަށް ވައިގަދަވާނެ ކަމަށްވަނީ ލަފާކޮށްފައެވެ.

އަދި މިއަދު ހަވީރު ތިންގަޑި ތިރީހާއި ހަމައަށް ހއ އިން ފެށިގެން ލ އަތޮޅާއި ހަމައަށް ވަނީ ވައިޓް އެލާޓްވެސް ނެރެފައެވެ.

ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރައްވާއިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކުރެއެވެ.

އަދި، ރޭގަނޑު ދަތުރުނުކުރުމަށާއި، މޫސުން ތަން ނުދޭނަމަ މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސްކޮށްލުމަށާއި، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނުރެފައިވަނިކޮށް ދަތުރު ނުކުރުމަށް ވެސް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު