Saturday, October 31
މިމަހު 13އިން ފެށިގެން 4 ފުރޮޅުލީ އުޅަނދު ރާއްޖެއަށް އެތެރެކުރަން ހުއްދަ ނަގަން ޖެހޭނެ

މި ހިންގާ ޖުލައި މަހުގެ 13ވަނަ ދުވަހުން ފެށިހެން ރާއްޖެއަށް ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު އެތެރެކުރެވޭނީ ހުއްދަ ނެގުމަށްފަހުކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ވަނީ ރާއްޖެއަށް ހަތަރު ފުރޮޅުލީ އުޅަނދު އެތެރެކުރުމުގެ ޤަވައިދަށް ބަދަލުގެންނަވާފައެވެ.

މިދިޔަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ހަތަރު ފުރޮޅުލީ އުޅަނދުތައް ގަރާޖުކުރުމުގެ ހުއްދަ ނެތި ރާއްޖެއަށް އެތެރެ ނުކުރެވޭ ގޮތަށް އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމުގެ ޤަވާއިދު އިސްލާޙުކޮށް، ގެޒެޓުގައި ޝާއިޢުކޮށްފައިވެއެވެ. މި ބަދަލު ގެނެސްފައިވަނީ، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ޤަވާއިދަށް ގެނެވުނު 6 ވަނަ އިސްލާޙުގެ ދަށުންނެވެ. ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ޤަވާއިދު އިސްލާޙުކުރުމުގެ މައިގަނޑު މަޤްޞަދަކީ އެއްގަމު އުޅަނދު އެތެރެކުރުމުގެ ކަންކަން ހަރުދަނާކޮށް، ޤަވާއިދެއްގެ ދަށުން މިފަދަ ކަންކަން ހިންގުންކަމަށެވެ. މި ޤަވައިދުގައިވާގޮތުން، މި ހިންގާ ޖުލައި މަހުގެ 13ވަނަ ދުވަހުން ފެށިގެން 2 ފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި، އިންޖީނުލީ އެހެން ހުރިހާ އެއްގަމު އުޅަނދެއް ރާއްޖެއަށް އެތެރެކުރެވޭނީ ދަތުރުފަތުރާއި ބެހޭ ވުޒާރާގެ ހުއްދަ ހޯދުމަށްފަހުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު