ފެނަކަ ކޯޕަރޭޝަނުގެ އައު ޗެއާމަނަކަށް، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހުސެއިން ޝާމް އާދަމް ހަމަޖައްސައިފިއެވެ.
ޝާމް ވަނީ މީގެ ކުރިން ވެސް އެ ކުންފުނީގެ ޑިރެކްޓަރުކަން ކުރައްވާފައެވެ.
ފެނަކައިން ވަނީ ކުންފުނިން ވަނީ ޝާމަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ.
މި ކުންފުންޏަށް އަލަށް ޢައްޔަންކުރެއްވި ޗެއާރމަން، އަލްފާޟިލް ޙުސައިން ޝާމް އާދަމް
މި ކުންފުންޏާ ގުޅިވަޑައިގަތުމަކީ ކުންފުންޏަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއް.
ޗެއާރމަން ޝާމަށް ކުންފުނީގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަން. #TeamFenaka pic.twitter.com/GsP8SxD9CB— Fenaka Corporation Ltd (@TeamFenaka) July 8, 2025
ފެނަކައިގެ ދަރަނީގެ މައްސަލަތައް ބޮޑުވެ، އެސްޓީއޯގެ ދަށަށް އެ ކުންފުނި ބަދަލުކުރަން ނިންމީ މި ސަރުކާރުންނެވެ. އެއާއެކު ފެނަކައަކީ އެސްޓީއޯގެ 100 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏަކަށް ހަދަން ސަރުކާރުން ނިންމިއެވެ.
އެ ކަމާ ގުޅިގެން ގެނައި ބަދަލުތަކުގެ ތެރޭގައި އެ ކުންފުނީގެ ޗެއާމަނަކަށް, އެސްޓީއޯގެ ޗެއާމަން ޝިމާދު އިބްރާހީމް އައްޔަނުކުރީ މިދިޔަ އަހަރުގެ ސެޕްޓެންބަރުގައެވެ.
އެހެން ނަމަވެސް އޭގެ ފަހުން މިިދޔަ ނޮވެންބަރުގައި އެސްޓީއޯއިން ވަނީ، ފިނޭންސް މިނިސްޓްރީގެ އެންގުމަކަށް އެ މަސައްކަތް ހުއްޓާލައިފައެވެ.
ފެނަކައިން ވަނީ ޝިމާދު އެކުންފުންޏަށް ކޮށްދެއްވި ޚިދުމަތަށް ޝުކުރު އަދާކުރައްވާފައެވެ.
އަޅުގަނޑުމެންގެ ކުރީގެ ޗެއާރމަން، އަލްފާޟިލް ޝިމާދު އިބްރާހީމް، މި ކުންފުންޏަށް ޚިދުމަތްކޮށްދެއްވި މުއްދަތުގައި އަޅުގަނޑުމެންނަށް ދައްކުވައިދެއްވި ލާމަސީލު ނަމޫނާއަށާއި، ތަސައްވުރާއި އަދި ލީޑަރޝިޕަށްޓަކައި އަޅުގަނޑުމެންގެ ހިތުގެ އަޑިން ޝުކުރު ދަންނަވަން.
ކުރިއަށް އޮތް… pic.twitter.com/zKnRAaQx7H— Fenaka Corporation Ltd (@TeamFenaka) July 8, 2025
މި ލިޔުން ކިޔާލުމުން