Monday, November 2
މޮރޮކޯގައި ކިޔެވުމަށް 20 ސްކޮލަރޝިޕްގެ ފުރުޞަތު ހުޅުވާލައިފި

މޮރޮކޯގައި ކިޔެވުމަށް 20 ސޮކްލަރޝިޕްގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ހަޔަރ އެޑިޔުކޭޝަނުން ބުނީ އޭގެ ތެރޭގައި ހިމެނެނީ 7 ބެޗްލަރސް ޑިގްރީ، 8 މާސްޓަސް ޑިގްރީ އަދި 5 ޕީއެޗްޑީ ކޯސް ކަމަށެވެ.

މި ސްކޮލަރޝިޕަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތައް ނޮމިނޭޓް ކުރެވޭނެއެވެ. އަދި ފައިނަލް ސެލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ ސްކޮލަޝިޕް ދެއްވާ ފާރާތުން ކަމަށްވެސް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން މައުލޫމާތުދެއްވައެވެ.

މި ސްކޮލަޝިޕްގެ ދަށުން ގިނަ ކޯސްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މައިގަނޑު ބަހަކީ ޕްރެންޗް ބަސްކަމުގައިވާތީ، މި ބަސް ނޭނގޭ ފަރާތްތަކަށް ފްރެންޗް ބަސް ދަސްކޮށްދިނުމަށް ކޯހެއް ކުރިއަށް ގެންދެވޭނެއެވެ. އަދި އިސްލާމީ ތަރުބިއްޔަތު، އަރަބި ބަސް އަދި އަރަބިކް ލިޓްރޭޗަރ ކޯސްތަކަށް އަރަބިބަސް އެނގުން ލާޒިމްކުރާ ކަމަށްވެސް ހަޔަރ އެޑިޔުކޭޝަނުން މައުލޫމާތުދެއެވެ.

މި ކޯހަށް އެދުމުގެ އެންމެ ފަހު ތާރީޚަކީ 13 ޖުލައި 2025 އެވެ.

ކޯހާއި ގުޅޭ މައުލޫމާތާއ އެހެނިހެން ތަފްޞީލް ހަޔަރ އެޑިޔުކޭޝަންގެ އިއުލާނުން ލިބޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު