Monday, October 12
ޓާރމިނަލް ހުޅުވާ ހަފުލާ ބަނާނާ ސްޕްލިޓަށް ދިން ކަމަށް ބުނެ ފަތުރަނީ ދޮގެއް: އެމްއޭސީއެލް

އެއާޕޯޓްގެ އާ ޓަރމިނަލް ހުޅުވާ ޙަފުލާގެ ކަންކަން އިސްރާއީލަށް ފަންޑުކުރާ ކުންފުންޏަކާއި ހަވާލުކޮށްފައިވާ ކަމަށް ބުނެ ރާއްޖެއ އެމްވީ ގައި ލިޔެ ފަތުރާ ޚަބަރު އެމްއޭސީއެލް އިން ދޮގުކޮށްފިއެވެ.

ރާއްޖެ އެމްވީގައި ލިޔެފައިވަނީ އެއާޕޯޓްގެ އާ ޓަރމިނަލް ހުޅުވާ ޙަފުލާގެ ކަންކަން ފަސް މިލިއަން ޑޮލަރަށް ބަނާނާ ސްޕްލިޓް ކުންފުންޏާއި ހަވާލުކޮށްފައިވާ ކަމަށް ކަމަށެވެ. އެ ކުންފުންޏަށް އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ފަސް މިލިއަން ޑޮލަރަށް ކަމަށް ބުނެ ވެސް ދަނީ ދޮގު ވާހަކަތައް ފަތުރަމުންނެވެ.

އެމްއޭސީއެލް އިން ބުނީ އެއާޕޯޓް ހުޅުވުމުގެ ކަންކަމުގެ އެއްވެސް ކަމެއްގައި ބަނާނާ ސްޕްލިޓް ކުންފުނިން އެއްވެސް ދައުރެއް އަދައެއް ނުކުރާނެ ކަމަށެވެ. އެ ކުންފުންޏަކަށް އެއްވެސް މަސައްކަތެއް ހަވާލުކޮށްފައި ވެސް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

އެމްއޭސީއެލް އިން ވަނީ އެފަދަ ދޮގު ވާހަކަތައް ނުފަތުރާ ޒިންމާދާރު ކަމާއި އެކު މައުލޫމާފެތުރުމަށް އިލްތިމާސްކޮށްފައެވެ.

އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ ޖުމަލި މަހުގެ ސައްބީހުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު