Saturday, October 31
ވޯލްޑް ހަލާލް ސަމިޓް އެންޑް އެކްސްޕޯ ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ތުރްކިޔޭގެ އިސްތާންބުލްގައި ބާއްވާ 11 ވަނަ " ވޯލްޑް ހަލާލް ސަމިޓް އެންޑް ހަލާލް އެކްސްޕޯ 2025" ގައި، ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދިންގޮތުގައި ދަ ޖެނެރަލް ސެކްރެޓްރިއަޓް އޮފް ދަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އައި.އޯ.ސީ) އިން ވަނީ މި ސަމިޓްގައި ދިވެހި އުފެއްދުންތައް އެގްޒިބިޓް ކުރުމުގެ ފުރުޞަތާއި، އުފެއްދުންތައް ގަނެ ވިއްކުމުގެ ފުރުސަތު، ދިވެހިރާއްޖޭގެ ވިޔަފާރިތަކަށް ހުޅުވާލާފައެވެ.

އެހެން ކަމުން މިއެކްސްޕޯގައި ބައިވެރިވުމަށް ލިބިފައިވާ ފުރުޞަތަކީ ދިވެހިރާއްޖޭގެ ވިޔަފާރިތަކުން އުފައްދާ އުފެއްދުންތައް އިޝްތިހާރުކޮށް މާރކެޓް ކުރުމަށް ލިބޭ ފުރުޞަތެއް ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި  މި އެކްސްޕޯގައި ބައިވެރިވުމަށް އެދޭ ރަޖިސްޓްރޭޝަން ފޯމް، މިނިސްޓްރީ އަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު