އާދިއްތަ, November 15
އިނގިރޭސި ފަތުރުވެރިންގެ ޝައުޤުވެރިކަން ހޯދުމާ ގުޅޭގޮތުން އިނގިރޭސި ސަފީރާ މަޝްވަރާކޮށްފި
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެނޭޖިންގ ޑިރެކްޓަރ، އިބްރާހީމް ޝިޢުރީ، ދިވެހިރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައި ކޮމިޝަންގެ ބޭފުޅުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި މި ބައްދަލުވުމާ ގުޅޭގޮތުން އެމްއެމްޕީއާރުސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ބައްދަލުވުމުގައި އެމްއެމްޕީއާރުސީއާއި އިނގިރޭސި ހައި ކޮމިޝަނާ ގުޅިގެން މަސައްކަތް ކުރެވިދާނެ ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ. މިގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ޚާއްޞަކަމާއި ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ތަޖުރިބާތައް އިނގިރޭސި ފަތުރުވެރިންނަށް ދައްކާލައި އެމީހުންގެ ހިތްތަކުގައި ރާއްޖެއަށް ޝައުޤުވެރިކަން އިތުރުކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ. މީގެ އިތުރުން ހައި ކޮމިޝަނުން އިންތިޒާމުކުރާ ހަރަކާތްތަކަށްވެސް އެމްއެމްޕީއާރުސީން ފޯރުކޮށްދެވިދާނެ އެހީތެރިކަމާ ގުޅޭގޮތުންވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު