އާދިއްތަ, November 8
މެޑަމް ސާޖިދާ ކުޅުދުއްފުއްޓަށް ވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ކުޅުދުއްފުށި ސިޓީއަށް ވަޑައިގެންފިއެވެ.

އެކަމަނާ ކުޅުދުއްފުށި ސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު ހެނދުނު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ވަނީ ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި އެކަމަނާ ވަނީ އެކި ޑިޕާޓްމަންޓުތަކަށް ޒިޔާރަތްކުރައްވައި، ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކާއި އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.

އޭގެ އިތުރުން އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ވެސް އެކަމަނާ ވަނީ ހޯއްދަވާފައެވެ. އަދި ހޮސްޕިޓަލަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ސުވާލުކުރައްވާ، ބައެއް ބަލި މީހުންނާ ބައްދަލުކުރައްވާ އެމީހުންގެ ހާލު ބެއްލެވިއެވެ.

މެޑަމް ސާޖިދާގެ މި ދަތުރުފުޅުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް 43 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތުގައި އެކަމަނާ ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު