އާދިއްތަ, November 8
ހެލްތު ފޯރަމެއްގައި ބައިވެރިވުމަށް މިނިސްޓްރީގެ އިސް އޮފިޝަލުންތަކެއް ޕިލިޕިންސަށް

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)އިން ކުރިއަށް ގެންދާ ހެލްތު ފޯރަމެއްގައި ބައިވެރިވުމަށް މިނިސްޓްރީގެ އިސް އޮފިޝަލުންތަކެއް ޕިލިޕިންސް އަށް ވަޑައިގެންފިއެވެ.

ހެލްތު މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި އޭޝިއާ އަދި ޕެސިފިކްގައި ޕްރޮސްޕަރަސް އެންޑް ރެސިލިއެންޓް (އިންސްޕަޔަރ) ހެލްތު ސިސްޓަމްސް ނުވަތަ އިންސްޕަޔަރގެ ނަމުގައި ބާއްވާ މި ފޯރަމް އޮންނާނީ މިމަހުގެ 07-11އަށް ފިލިޕީންސްގެ ވެރިރަށް މެނީލާގައެވެ.

މި ފޯރަމްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ ޞިއްޙީ ނިޒާމް ހަރުދަނާކޮށް ތަރައްގީކޮށް ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށެވެ. އެގޮތުން ހެލްތު ފައިނޭންސިންގ އާއި،އިންފްރާސްޓްރަކްޗަރއާއި،އިންސާނީ ވަސީލަތްތައް އިތުރުކުރުމާއި ޕެންޑެމިކް އަށް ތައްޔާރުވުމާއި، މޫސުމަށް އަންނަ ބަދަލުތަކާއިއެކު ޞިއްޙީގޮތުން އަޅާނެ ފިޔަވަޅުތަކާއި، ޞިއްޙަތުގައި ޖެންޑަރ އިކުއަލިޓީ ކަށަވަރުކުރުމާއި، ނޮން ކޮމިއުނިކޭބަލް ޑިޒީޒް (އެންސީޑީ) މެނޭޖްކުރުމާއި، ނަފްސާނީ ޞިއްޙަތާއި އަދި ނިއުޓްރިޝަންގެ ކަންބޮޑުވުންތަކާއި، ޑިޖިޓަލް ހެލްތު ފަދަ ޞިއްޙީ ނިޒާމާއި ގުޅުންހުރި ކަންކަމުގެ މައްޗަށް އަލިއަޅުވާލާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

އަދި މި ފޯރަމްގައި މި މައްސަލަތަކުގެ މައްޗަށް ޞިއްޙީ ނިޒާމުތައް ހަރުދަނާކުރުމުގައި ވޯކިންގ ގްރޫޕްތަކުން އަމަލުކުރާ ގޮތާއި ހައްލުތައް ހުށަހެޅިގެންދާނެއެވެ.

މި ފޯރަމްގައި މިނިސްޓްރީ އޮފް ހެލްތުގެ އިތުރުން ސަރުކާރުގެ އެހެނިހެން ކަމާގުޅުންހުރި އިދާރާތަކާއި، ޞިއްޙީ މާހިރުންނާއި، ހެލްތު ދިރާސާކުރާ ފަރާތްތަކާއި، ޑިވެލޮޕްމަންޓް ޕްރެކްޓިޝަނަރުންނާއި، އަމިއްލަ ޞިއްޙީ ޚިދުމަތްދޭ ފަރާތްތައް ވެސް ބައިވެރިވެއެވެ.

މިނިސްޓްރީގެ ފަރާތުން މި ފޯރަމްގައި އިސްކޮން ހުންނެވީ ސްޓޭޓް މިނިސްޓަރ އާމިނަތު ޝިރުނާއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު