Saturday, October 31
އީލޮން މަސްކް ސިޔާސީ ޕާޓީއެއް އުފައްދާކަން އިއުލާންކޮށްފި
ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނު އީލޮން މަސްކް ސިޔާސީ ޕާޓީއެއް އުފައްދާކަން އިއުލާންކޮށްފިއެވެ. އޭނާ ސިޔާސީ ޕާޓީއެއް އުފައްދާކަން މި އިއުލާންކުރީ އެމްރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ދެމެދު މައްސަލަ ޖެހި، އެކަން ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާގެ މިނިވަން ދުވަހު "އެމެރިކާ ޕާޓީ"ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް  އުފައްދާކަން މަސްކް އިއުލާންކުރީ އޭނާގެ އެކްސް އެކައުންޓުގައެވެ. އެކްސްއެކައުންޓްގައި ޕާޓީ އުފެއްދުމަށް ހުޅުވާލި ޕޯލްއަށް 65 އިން ސައްތަ މީހުން ވޯޓް ދިނީ އައު ޕާޓީއެއް އުފެއްދުމަށެވެ. ޓްރަމްޕް ވެރިކަމަށް ގެންނަން އެންމެ ބޮޑަށް މަސައްކަތް ކުރެއްވި މަސްކް ވަނީ އެމެރިކާގެ ސަރުކާރުން ވަކިވެފައެވެ. މަސްކް ވަނީ "ސަރުކާރުގެ ހާއްސަ މުވައްޒަފެއްގެ" ގޮތުގައި ސަރުކާރު ހިންގުމުގެ ތެރެއިން ޚަރަދުތައް ކުޑަކޮށް، އިސްރާފުތައް މަދުކުރުމަށް އުފައްދާފައިވާ ޑިޕާޓްމަންޓް އޮފް ގަވަމެންޓް އެފިކަސީ (ޑޯޖް) ހިންގުމެވެ. އޭނާ ސަރުކާރުން ވަކިވެފައިމިވަނީ ސަރުކާރުގެ ޚަރަދާ ގުޅޭ ގާނޫނެއް ފާސްކުރި ނިންމުމެއްގެ މައްސަލާގައި ޓްރަމްޕްއާ ޚިޔާލުތަފާތުވެގެންނެވެ. މަސްކު ވަނީ 2024ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޓްރަމްޕާ އެއްކޮށްޅަށް ވަރަށް ބޮޑަށް ވާކާލާތުކޮށް، ޓްރަމްޕް އަލުން ވެރިކަމަށް ވަރަށް ބޮޑަށް ތާޢީދުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު