ދިއްދޫގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ކައުންޓަރ-ނާކޮޓިކްސް އިންޓެލިޖެންސް، އަޕަރ ނޯތް ޑްރަގް އޮޕަރޭޝަން އަދި ހއ. ދިއްދޫ ޕޮލިސް ސްޓޭޝަން ގުޅިގެން މި އޮޕަރޭޝަން ހިންގާފައިވަނީ ޖުލައި 3 ވަނަ ދުވަހު ކަމަށެވެ.
މީގެ އިތުރުން، މި އޮޕަރޭޝަންގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 6 ސެލޯފިންކޮޅު ފެނިފައިވާ ކަމަށާއި، މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލިލީމާގެ / ހއ.ދިއްދޫ، އިރުފާޙު ޝަފީޤު (25އ) ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
އިރުފާޙު ޝަފީޤުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ހއ. ދިއްދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން