އާދިއްތަ, November 8
އާ ޓާރމިނަލް ސަލާމަތީ މިންގަނޑަށް ފުހިމަހަ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ގެ އާ ޓާމިނަލް އަކީ ސަލާމަތީ މިންގަނޑުތައް ފުރިހަމަ ތަނެއް ކަމަށް އެމްއޭސީއެލް އިން ހާމަކޮށްފިއެވެ.

އާ ޓާމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކަށް ހާއްސަކޮށްގެން އެމްއޭސީއެލް އިން ސިލްސިލާކޮށް ގެނެސްދެމުން އަންނަ ވީޑިއޯ ސެގްމަންޓުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން ގެ ހެޑް، ޗީފް އިންސްޕެކްޓަރ، އެވްސެކް އަހުމަދު ނަޝީދު ވަނީ އާ ޓާމިނަލުގައި ގާއިމުކޮށްފައިވާ ބެގޭޖް ހޭންޑްލިން ސިސްޓަމް އަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުންކުރާ ވަރަށް ފުރިހަމަ ސެކިއުރިޓީ މިންގަނޑުތައް އެކުލެވިގެންވާ ސިސްޓަމެއްކަމަށެވެ.  

އޭނާ ވިދާޅުވީ، ރާއްޖެއަށް ދަތުރުކުރާ ފަސިންޖަރުންނަށް ޒަމާނީ އާލާތްތައް ބޭނުންކޮށްގެން ސަލާމަތީ ގޮތުން ފުރިހަމަ ހިދުމަތްތެއް ފޯރުކޮށްދެވުމަކީ ދުނިޔޭގެ ކަންކޮޅު ތަކުން ރާއްޖެއަށް ފަތުރުވެރިން ދަތުރުކުރުމުގައި ހިތްހަމަޖެހުން ލިބިގެންދާނެކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ އާ ޓާމިނަލްއާ އެކު ރާއްޖެ އަންނަން ބޭނުންވާ ގިނަ އެއާލައިންތަކަށް ޖާގަ ލިބިގެންދާނެ ކަމަށެވެ.

ޑާސާ އަކީ ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ އޭވިއޭޝަން ސެކިއުރިޓީއާ ގުޅުންހުރި ބައިނަލްއަގުވާމީ މުއާހާދާތަކުގައި ބަޔާންކޮށްފައިވާ ކަންތައްތައް ރެގިއުލޭޓް ކުރުމަށާއި ސިވިލް އޭވިއޭޝަން ސެކިއުރިޓީއަށް ބުރޫއަރާފާނެ ކަންކަމުން ވައިގެ ދަތުރުފަތުރުގެ ނިޒާމު ހިމާޔަތްކުރާނެ އުސޫލު ކަނޑައަޅާ ފަރާތެވެ.

ވީއައިއޭގެ އާ ޓާމިނަލް ހުޅުވަން ނިންމާފައި ވަނީ މި ޖުލައި މަހުގެ 26 ވަނަ ދުވަހު އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު