އާދިއްތަ, November 8
ހަނިމާދޫ އެއަރޕޯޓް ވިއްކާލަން ސިންގަޕޫރުގައި ބަޔަކާއި ބައްދަލު ނުކުރޭ: އިކޮނޮމިކް މިނިސްޓަރ
ހަނިމާދޫ އެއަރޕޯޓް ބޭރުގެފަރާތަކަށް ވިއްކާލަން ސިންގަޕޫރުގައި ބަޔަކާއި ބައްދަލުކުރިކަމަށްބުނެ ފަތުރަމުންދާ ވާހަކަތަކަކީ ބުޙުތާނުދޮގެއް ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ސަން އޮންލައިންގައި، ހަނިމާދޫ އެއަރޕޯޓް އިންޑިއާގެ އަދާނީ ކުންފުންޏަށް ވިއްކާލުމަށް ސިންގަޕޫރުގައި ބައްދަލުކުރެއްވި ކަމަށް ލިޔުއްވާފައިވާ އާޓިކަލްގެ ފޮޓޯއެއް ހިއްސާ ކުރައްވާ އެމަނިކުފާނު ވިދާޅުވީ އެއީ ބުހުތާނު ދޮގެއްކަމަށެވެ. ''ހަނިމާދޫ އެއަރޕޯޓް ބޭރުގެފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށްދޭން އުޅޭކަމަށްބުނެ ފަތަރަމުންދާ ވާހަކައާއި، މިކަމާއިބެހޭގޮތުން ސިންގަޕޫރުގައި ބަޔަކާއި ބައްދަލުކުރިކަމަށްބުނެ ފަތުރަމުންދާ ވާހަކަތަކަކީ ބުޙުތާނުދޮގެއް'' އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވިއެވެ. ސަން އޮންލައިންގައި އެ އާޓިކަލް ލިއްޔުއްވާފައިވަނީ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް ޕީއެންއެފްގެ ހަރުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅާއި ހަވާލާދީއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު