އާދިއްތަ, November 8
މުދައްރިސުންނަށް ދިވާކަންކަން ހައްލުކުރަން މަޝްވަރާކޮށްފި
މުދައްރިސުންނަށް ދަތިވާކަންކަން އޮޅުންފިލުއްވައި، ޕޮލިސީ ލެވެލްގައި އެކަންކަން ޙައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާކުރިއަށް ދިޔައީ މާލޭގެ ބައެއް ސްކޫލްތަކުގެ މުދައްރިސުންނާއި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އިސްމާޢީލް ޝަފީއު ބައްދަލުކުރައްވާބޭއްވި މަޝަވަރާ ބައްދަލުވުމެއްގައެވެ. މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު، ވަނީ އަމީނިއްޔާ ސްކޫލާއި، އިސްކަންދަރު ސްކޫލް އަދި ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން-މާލޭގެ މުދައްރިސުންނާ ބައްދަލުކުރައްވާ މުދައްރިސުންނަށް ދިމާވާ ދަތިތަކުގެ މަޢުލޫމާތު އޮލޫންފޮލުވާފައެވެ. ސްކޫލްތަކުގެ މުދައްރިސުންނަށް ދިމާވާ އެކި އެކި ކަންކަން އޮޅުންފިލުވުމަށް މަޝްވަރާ ކުރެވުނު އިރު މުައްރިސުން ކުރަމުން އަންނަ މަސައްކަތް ބުރަކަން ގިނަ ޓީޗަރުން ފާހަގަކުރައްވައެވެ.އޭގެތެރޭގައި ހަފްތާބަންދުގައި ސްކޫލްގެކަންކަމުގައި ޓީޗަރުން އުޅޭންޖެހުން ގިނަ ބަޔަކު ފާހަގަކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު