އާދިއްތަ, November 8
އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، މަރކޯ ރޫބިއޯ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

‎މިނިސްޓަރުގެ ތަހުނިޔާގެ މެސެޖު ގައިދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، އެމެރިކާގެ 249 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މަނިކުފާނަށާއި އެމެރިކާގެ ސަރުކާރާއި ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށް ވިދާޅުވިއެވެ.

‎އިންސާނީ ޙައްޤުތައް ކުރިއެރުވުމަށާއި، ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގައި އެމެރިކާއަކީ ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ބައިވެރިއެއް ކަމަށާއި އުންމީދަކީ ކުރިއަށް އޮތްތާނގައިވެސް މިގުޅުން އިތުރަށް ބަދަހިވެގެންދިއުން ކަމަށް ވިދާޅުވިއެވެ.

‎

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު