އާދިއްތަ, November 8
ޗައިނާގައި ބާއްވާ އާރޓް އެގްޒިބިޝަނެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ޗައިނާ އާޓިސްޓްސް އެސޯސިއޭޝަން އާއި ބެއިޖިންގ މުނިސިޕަލް ކޮމިޓީ އިން އިންތިޒާމްކޮށްގެން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އާރޓް އެގްޒިބިޝަނެއްގައި ބައިވެރިވާ ދިވެހިންނަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ.

 "10 ވަނަ ބެއިޖިންގ އިންޓަރނޭޝަނަލް އާޓް ބައިނެލް" ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށްލިބިފައިވާތީ މި ޖުލައިމަހުގެ 31 ގެ ކުރިން ރަޖިސްޓްރީގެ ކަންކަން ފުރިހަމަ ކުރުމަށް ނޭޝަނަލް ސެންޓަރ ފޯރ ދި އާރޓްސް (އެންސީއޭ) އިން ވަނީ އެދިފައެވެ.

މި އެގްޒިބިޝަން އޮންނާނީ މިއަހަރު ޑިސެމްބަރު މަހުގެ 31 އިން 01 ފެބްރުއަރީ 2026 ގެ ނިޔަލަށް ބެއިޖިންގ އެގްޒިބިޝަން ސެންޓަރުގައެވެ.

އެގްޒިބިޝަނާއި ގުޅޭ މައުލުމާތު ވެބްސައިޓް bjbiennale.com.cn/en/ParticipationWayއިން ލިބެން ހުންނާނެ ކަމަށް އެންސީއޭ އިން މައުލޫމާުދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު