Saturday, October 31
ދަނޑުވެރިކަމުގެ ދާއިރާއިން ދިގުމުއްދަތަކަށް އެއްބާރުލުން ހޯދުމަށް އެފްއޭއޯ އާއި އެކު މަޝްވަރާކޮށްފި
ދަނޑުވެރިކަމުގެ ދާއިރާއިން ދިގުމުއްދަތަކަށް އެއްބާރުލުން ހޯދުމަށް ދުނިޔޭގެ ދުނިޔޭގެ ކާނާ އާއި ދަނޑުވެރިކަމާއި ބެހޭ ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް އާއި އެކު މަޝްވަރާކޮށްފިއެވެ، ދުނިޔޭގެ ދުނިޔޭގެ ކާނާ އާއި ދަނޑުވެރިކަމާއި ބެހޭ ޖަމިއްޔާގެ 44 ވަނަބައްދަލުވުމުގައި ބައިވެރިވަޑައިގަތުމަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ހަވާސާގެ ތެރެއިން މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ފެލްފެއަރ ޑޮކްޓަރ މަރިޔަމް މާރިޔާ ވަނީ އެމއޭއޯގެ ޑިރެކްޓަރ ޖެނެރަލް އާއި ބައްދަލުކުރައްވާ ރާއްޖެއަށް މި ދާއރާއިން އެއްބާރުލުން ހޯދިާނެ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން މަޝްވަރާކުރެވުނު ދާއިރާތަކުގެ ތެރޭގައި ޑިޖިޓަލް އެގްރީ އިނޮވޭޝަން ،  މޫސުމަށް އަންނަ ބަދަލާއި އެކު ކާނާގެ ރައްކާތެރިކަމާއި ނިޒާމުތަކާއި،  ނިއުޓްރިޝަން ޕްރޮގްރާމްތައް،  ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުން ، ފަންނީ އެހީތެރިކަން އިތުރުކުރުން އަދި ދިގުމުއްދަތުގެ ފަންނީ ލަފާދިނުން ހިމެނެއެވެ.
މިނިސްޓަރ ޑރ. މަރިޔަމް މާރިޔާ އަދި މެލޭޝިޔާގެ މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް ފުޑް ސެކިއުރިޓީ އެޗްއީސީ މުހައްމަދު ސަބޫ
މީގެ އިތުރުންވެސް މިނިސްޓަރ ވަނީ ރާއްޖެއާއި މެލޭޝިޔާއާ ދެމެދު ދަނޑުވެރިކަމާއި ކާބޯތަކެތީގެ ރައްކާތެރިކަމުގައި އެއްބާރުލުން އިތުރުކުރުމާ ބެހޭ ގޮތުން މެލޭޝިޔާގެ މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް ފުޑް ސެކިއުރިޓީ އެޗްއީސީ މުހައްމަދު ސަބޫއާ އެކު ވެސް މަޝްވަރާކުރައްވާފައެވެ.  

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު