Saturday, October 31
އައްޑޫގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ޗެކު ކުރަނީ

އައްޑޫސިޓީގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަލައި ޗެކު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ނެރުނު އިއުލާނެއްގައި ބުނީ، އެ ހޮސްޕިޓަލުގެ ޕަބްލިކް ހެލްތް ސާވިސަސްގެ ފަރާތުން އެ ސިޓީގެ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަލައި ޗެކް ކުރުމަށް ރެންޑަމް އިންސްޕެކްޝަނެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

މި އިންސްޕެކްޝަން ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ކަމަށް ވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މިފަދަ އިންސްޕެކްޝަނެއް އައްޑޫގައި ކުރިއަށް ގެންދާއިރު، ދާދި ފަހުން ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ ގޮތުން އައްޑޫގައި ވަނީ ޕްރޮގްރާމެއް ވެސް ކުރިއަށް ގެންގޮސްފައެވެ.

އައްޑޫގެ އިތުރުން އެހެން ރަށްރަށުގެ ޕަބްލިކް ހެލްތު ޔުނިޓުން ވެސް އިންސްޕެކްޝަން ކުރަމުން އެބަދެއެވެ.

މިދުވަސްވަރު ރާއްޖޭގެ އެހެން ހިސާބުތަކުގައި ވެސް ކާބޯތަކެތި ވިއްކާ ތަންތަނާއި ފިހާރަތަކުގައި ހުންނަ ކާބޯަކެތި އެރަށެއްގެ ބަޕްލިކް ހެލްތު ޔުނިޓުން ޗެކްކުރެއެވެ.

މިފަދަ ތަންތަން ޗެކްކޮށް ބަލާއިރު ހުންނަޖެހޭ ގަވާއިދަށް އަދި ސާފުތާހިރުކަމުގެ މިންގަޑަށް ނުހުންނ ތަންތަން ވަގުތުން ބަންދުކުރެއެވެ.އަދި ދެން ހުޅުވުމަށް ހުއްދަ ދެވޭނީ އަލުން ކަންކަން ރަނގަޅު ކުރުމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު