މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން "ލޯކަލް އެމްބެސެޑަރޝިޕް ޕުރޮގުރާމު" ތަޢާރަފްކޮށްފިއެވެ.
މިކަން އިޢުލާންކޮށްފައިވަނީ އެމްއެމްޕީއާރުސީން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
We're thrilled to launch the Visit Maldives Local Ambassadorship Program! This initiative empowers Maldivian artists and creatives to share the vibrant culture and stunning beauty of the Maldives with the world. Apply now to [email protected]. pic.twitter.com/0ofW3eOXkM
— Maldives Marketing & Public Relations Corporation (@mmprc_corporate) July 3, 2025
އެ ކޯޕަރޭޝަނުން ބުނީ މިއީ ދިވެހިރާއްޖޭގެ ސަގާފަތާއި ރީތިކަން ދުނިޔެއަށް ދެއްކުމަށް ދިވެހި ފަންނާނުން ބާރުވެރިކުރުމުގެ މަޤުޞަދުގައި ތަޢާރަފްކޮށްފައިވާ ޕުރޮގުރާމެއް ކަމަށެވެ.
މި ޕުރޮގުރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެމްއެމްޕީއާރުސީ އަށް ޕްރޮޕޯސަލް ހުށަހެޅުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.
އެމްއެމްޕީއާރުސީން ދަނީ ދިވެހިރާއްޖެއަކީ މަތީ ފެންވަރުގެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕްރޮމޯޓްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން