Saturday, October 31
ނޭޝަނަލް އެސެސަރުންނަށް ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި

މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ)ގެ ފަރާތުން "ނޭޝަނަލް އެސެސަރ ޓްރެއިނިންގ"ގެ ނަމުގައި ދެ ދުވަހުގެ ވޯކްޝޮޕެއް ބާއްވައިފިއެއެވެ.

މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯޔަބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް (މީރީ ޕްރޮޖެކްޓް) ގެ އެއްބާރުލުމާއެކު އެމް.އެން.އެސް.ޑީ.އޭގެ ފަރާތުން އިންތިޒާމްކޮއްގެން ކުރިއަށްގެންދިޔަ މި ވޯކްޝޮޕްގައި ޖުމްލަ 6 ފެސިލިޓޭޓަރުންނާއި 23 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މި ވޯކްޝޮޕްގެ މައިގަނޑު މަޤްޞަދަކީ މަސައްކަތްތެރިން ބިނާކުރުމަށް އަމާޒުކޮށް ހިންގާ ޤައުމީ ފެންވަރުގެ އެސެސްމަންޓުތައް ކުރިއަށްގެންދިޔުމަށް ނޭޝަނަލް އެސެސަރުންނަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދިނުމެވެ.

މި ވޯކްޝޮޕްގައި ބައިވެރިވެ ތަމްރީނު ފުރިހަމަކުރެއްވި ބޭފުޅުންނާއި ސެޓްފިކޭޓް ޙަވާލުކުރައްވާފައިވަނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބޭހޭ ވުޒާރާގެ މިނިސްޓަރ އޮފް ސްޓޭޓް، އަޙްމަދު ޝަފީއުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު