Monday, October 12
ކޯވިޑް-19 ބަލިމަޑުކަމުން ރާއްޖެއަށް އަރައިގަނެވުނު ކާމިޔާބު ޔޫތު މިނިސްޓަރ ހިއްސާކުރައްވައިފި

ކޯވިޑް-19 ބަލިމަޑުކަމުން ދިވެހިރާއްޖެއަށް އަރައިގަނެވުނު ކާމިޔާބުކަމާއި، ގޮންޖެހުންތަކުން އަރައިގަތުމަށް ގައުމު އެއްބައިވަންތަކަމާއެކު މަސައްކަތްކުރި ގޮތް މ މިނިސްޓަރ އޮފް އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް އިބްރާހީމް ވަޙީދު ފާހަގަކުރައްވައިފިއެވެ.

އެމަނިކުފާނު މިކަން ފާހަގަކުރެއްވީ މޮރޮކޯގެ މަރާކިޝްގައި ބޭއްވި އޯ.އައި.ސީ ޔޫތު ކެޕިޓަލްގެ ފުރަތަމަ ޕެނަލް ޑިސްކަޝަންގައެވެ.

މި ޕެނަލް ޑިސްކަޝަންގެ މައިގަނޑު މައުޟޫއަކީ "ޔޫތު އާފްޓާ ދަ ކޮވިޑް-19 ޕެންޑަމިކް: ޕްރިއޯރިޓީސް އެންޑް އެކްސްޕެކްޑޭޝަންސް" މި މައުޟޫއެވެ.

މި މަޝްވަރާގައި ބައިވެރިވެވަޑައިގަންނަވަމުން މިނިސްޓަރ ވަނީ، ކޯވިޑް-19 ބަލިމަޑުކަމުން ދިވެހިރާއްޖެއަށް އަރައިގަނެވުނު ކާމިޔާބުކަމާއި، ގޮންޖެހުންތަކުން އަރައިގަތުމަށް ގައުމު އެއްބައިވަންތަކަމާއެކު މަސައްކަތްކުރި ގޮތް ފާހަގަކުރައްވާފައެވެ.

މި ޕެނަލް ޑިސްކަޝަންގެ ކުރިން މިނިސްޓަރ ވަނީ މޮރޮކޯގެ ޒުވާނުންގެ މިނިސްޓްރީގެ ސެކްރެޓަރީ ޖެނެރަލްއާ އެކު އޯ.އައި.ސީ ޔޫތު ކެޕިޓަލްގެ އިސް ވަފުދާ ބައްދަލުކުރައްވާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު