Saturday, October 31
ދެއްވަދޫ ގިރާ ސަރަޙައްދަށް ހިމާޔަތްކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ
ގއ. ދެއްވަދޫ ގިރާ ސަރަޙައްދަށް ޙިމާޔަތްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. ރައްޔިތުން ކަންބޮޑުވާ މިންވަރަށް ރަށްގިރުމުގެ މައްސަލަ ކުރިމަތިވެފައިވާ ދެއްވަދޫގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތަކީ އެ ރަށު ކައުންސިލުން އެދިލައްވައިގެން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ތިނަދޫ ޕަބްލިކް ވަރކްސް ޔުނިޓާއި، އެމްޓީސީސީ ގުޅިގެން ކުރުމަށް ތައްޔާރުވަމުންދާ މަސައްކަތެއް ކަމަށް ސިޓީސް އެންޑް ލޯކަލް ގަވަރމަންޓް މިނިސްޓްރީން މައުލޫމާތުދެއެވެ. ދެއްވަދޫ ކައުންސިލުން މައުލޫމާތު ދިންގޮތުގައި އެ ރަށުގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތަކީ އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަސައްކަތެކެވެ. ނަމަވެސް މަސައްކަތް މެދުކެނޑިފައި އޮންނަތާ ގިނަ ދުވަސްތަކެއްވުމުގެ ސަބަބުން ޚާއްޞަކޮށް މި ދުވަސްވަރު އެ ސަރަޙައްދު އާދައާޚިލާފަށް ގިރަމުން އަންނަކަން ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން މިހާރު ފެށުމަށް ތައްޔާރުވަމުންދާ މި މަސައްކަތަކީ ވަގުތީ ޙައްލެއް ހޯދުމުގެ ގޮތުން ކުރެވޭ މަސައްކަތެކެވެ. މި މަސައްކަތަށް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ދެއްވި ސަމާލުކަން ފާހަގަކުރައްވާ މިނިސްޓަރަށާއި، ތިނަދޫ ޕަބްލިކް ވަރކްސް ޔުނިޓުގެ މުވައްޒަފުންނަށް ދެއްވަދޫ ކައުންސިލްގެ ރައީސް ޝުކުރުއަދާކުރެއްވިއެވެ. މަސައްކަތް ފެށުމަށް ބޭނުންވާ ބައެއް ވެހިކަލް ތިނަދޫ ޕަބްލިކް ވަރކްސް ޔުނިޓުން މިއަދު ހެނދުނު ވަނީ އެ ރަށަށް ގެންދެވިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު