Saturday, October 31
ކޮޅުފުށީގައި ނަމާދު މަތިވެރިކުރުން ޕްރޮގުރާމު ކުރިއަށް ގެންގޮސްފި

ނަމާދަށް ހޭލުންތެރިކަން އިތުރުކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަހަރު ފަށާފައިވާ ނަމާދު މަތިވެރިކުރުން ޕްރޮގުރާމު މ. ކޮޅުފުށީގައި ކުރިއަށް ގެންގޮސްފިއެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި ކޮޅުފުށި ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގުރާމުގެ ސެޝަންތައް ނަންގަވައިދެއްވީ އައްޝައިޚް މުޙައްމަދު ޝާހިދު ޣާލިބުއެވެ. އެގޮތުން ކޮޅުފުށި ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިންނަށް ވަނީ ސެޝަންތައް ބާއްވާފަައެވެ.

ނަމާދު މަތިވެރިކުރުން ޕްރޮގުރާމުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ގިނަ ޕްރޮގުރާމުތަކެއް ކުރިއަށް ގެންދަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު