ދިއްދޫ ލައިސެންސް ނެގުމަށް ހަދާ ޓްރެކްގެ %90 މަސައްކަތް ނިމިއްޖެއެވެ.
މިއީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ އިޖުތިމާއީ ޒިންމާގެ ދަށުން ހއ. އަތޮޅު ކައުންސިލުގެ އެދުމުގެ މަތިން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މި ކޯޕަރޭޝަންގެ އިޖުތިމާއީ ޒިންމާގެ ދަށުން ހއ. އަތޮޅު ކައުންސިލުގެ އެދުމުގެމަތިން އެރަށުގައި އެއްގަމު އުޅަނދު ފަހަރު ދުއްވުމުގެ ލައިސެންސް ނެގުމަށް ހަދާ ޓްރެކްގެ %90 ވަނީ ނިމިފައި.#TeamRDC pic.twitter.com/MjWXowJx87
— Road Development Corporation Ltd (@rdcmaldives) July 2, 2025
މިގޮތުން އާރުޑީސީން ބުނީ ދިއްދޫގައި އެއްގަމު އުޅަނދު ފަހަރު ދުއްވުމުގެ ލައިސެންސް ނެގުމަށް ހަދާ ޓްރެކްގެ %90 ނިމިފައިވާ ކަމަށެވެ
އާރުޑީސީން ދަނީ ހއ. ދިއްދޫގެ ބޮޑެތި މަގުތައް ފަރުމާކުރުމާއި ތަރައްގީކުރުމުގެ 2 ވަނަ ފިޔަވަހީގެ މަސައްކަތްވެސް ކުރަމުންނެވެ. މިގޮތުން 108,530,091.37ރ. ގެ އަގުހުރި މި މަޝްރޫޢުގެ 60 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އާރުޑީސީގެ ވެބްސައިޓުގައި ހާމަކޮށްފައިވެއެވެ.
މި ލިޔުން ކިޔާލުމުން