ތ. ވިލުފުށީ ފަޅުތެރޭގައި އޮތް ތެޔޮ ބޯޓެއްގައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި އެކަކު އިތުރު ފަރުވާއަށް މާލެ ގެނައުމަށް ނިންމައިފިއެވެ.
އެމްއެންޑީއެފުން މިއަދު ހާމަކުރި ގޮތުގައި ވިލުފުށީ ފަޅުތެރޭގައި އޮތް ތެޔޮބޯޓެއްގައި އަލިފާން ރޯވިކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 9:41 ގައި ކަމަށެވެ.
މި ހާދިސާގައި ދެ މީހަކަށް އަނިޔާވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ބޯޓުގެ ވެރި ފަރާތުގެ އިތުރުން ބިދޭސީއެކެވެ. މީގެ ތެރެއިން އިތުރު ފަރުވާއަށް މާލެ ގެނައުމަށް ނިންމާފައިވަނީ ބޯޓުގެ ވެރި ފަރާތެވެ.
ތެޔޮބޯޓުގައި ރޯވުމާއެކު ހާދިސާގައި ހިމެނޭ ދެ މީހުންވެސް ވިލުފުށީ ޞިއްޙީ މަރުކަޒަށް ވަނީ ގެންގޮސްފައިވާއިރު، ރަށުން ފަރުވާ ދެވެން ނެތުމުގެ ސަބަބުން ވެރި ފަރާތް މާލެ ފޮނުވާލަން ނިންމީއެވެ. ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް މަޢުލޫމާތު ލިބެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާގެ ތެޔޮބޯޓެއްގައި މީގެ ދެ އަހަރު ކުރިންވެސް އަލިފާން ރޯވެ ގެއްލުންތަކެއް ވަނީ ލިބިފައެވެ.
މި ލިޔުން ކިޔާލުމުން