Saturday, October 31
މެޑަމް ސާޖިދާ ސިންގަޕޫރު ފުޑް އެޖެންސީއަށް ޒިޔާރަތް ކުރައްވައިފި

ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު ސިންގަޕޫރުގެ ފުޑް އެޖެންސީއަށް މިއަދު ހެނދުނު ޒިޔާރަތްކުރައްވައިފިއެވެ.

މެޑަމް ސާޖިދާ ފުޑް އެޖެންސީއަށް ވަޑައިގަތުމާއެކު އެ ކަމަނާއަށް މަރުޙަބާ ދެންނެވީ އެ އެޖެންސީގެ ޑެޕުޓީ ޖެނަރަލް އޮފް ފުޑް އެޑްމިނިސްޓްރޭސަން، ޑޮކްޓަރ ޓޭން ލީ ކިމް އެވެ.

މެޑަމް ސާޖިދާގެ މި ޒިޔާރަތުގައި އެ އެޖެންސީގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރާއްޖެއާއި ސިންގަޕޫރުގައި ކާބޯތަކެތީގެ ރައްކާތެރިކަމާއި ރެގިއުލޭޓަރީ އުސޫލުތައް ހަރުދަނާކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

ސިންގަޕޫރުގެ ފުޑް އެޖެންސީއަކީ ސިންގަޕޫރުގެ ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާ އެ ގައުމުގެ ގައުމީ ޖަމުޢިއްޔާއެވެ. އެ އެޖެންސީގެ މައިގަނޑު މަގުސަދަކީ ދިރާސާތަކާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ އެހީގައި ކާބޯތަކެތީގެ އުފެއްދުންތައް އިތުރުކުރުކޮށް އިމްޕޯޓްކުރާ ކާބޯތަކެއްޗަށް ބަރޯސާވުން ކުޑަކުރުމެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުރިއަށްގެންދެވުނު ޒިޔާރަތެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު