Saturday, October 31
ކޮޅުފުށީގައި ރިސާލަތު ޕުރޮގުރާމު ކުރިއަށް ގެންގޮސްފި

ދީނީ ސައްޙަ މަޢުލޫމާތު ފެތުރުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ރިސާލަތު ޕުރޮގުރާމު މ. ކޮޅުފުށީގައި ކުރިއަށް ގެންގޮސްފިއެވެ.

އެގޮތުން ކޮޅުފުށީގައި ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި ޕުރޮގުރާމުގެ ދަންފަޅިތައް ނަންގަވައިދެއްވީ އައްޝައިޚް މުޙައްމަދު ޣާލިބު ޝާހިދެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރިސާލަތުގެ ދަށުން ތަފާތު އެކި ޕުރޮގުރާމުތައް ކުރިއަށް ގެންދަމުންނެވެ. އަދި މިއަހަރު މުޅިން އަލަށްފެށި ނަމާދު ޕްރޮގުރާމުވެސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު