Saturday, October 31
މެޑަމް ސާޖިދާ ޕްރާނަކަން މިއުޒިއަމަށް ޒިޔާރަތްކުރައްވައިފި

ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު، ސިންގަޕޫރުގެ ޕްރާނަކަން މިއުޒިއަމަށް މިއަދު ހެނދުނު ޒިޔާރަތްކުރައްވައިފިއެވެ.

މެޑަމް ސާޖިދާ ޕްރާނަކަން މިއުޒިއަމަށް ވަޑައިގަތުމާއެކު އެ ކަމަނާއަށް މަރުޙަބާ ދެންނެވީ އޭޝިއަން ސިވިލައިޒޭޝަންސް މިއުޒިއަމް އަދި ޕްރާނަކަން މިއުޒިއަމްގެ ޑިރެކްޓަރ މިސްޓަރ ކްލެމެންޓް އޯންއެވެ.

ޕްރާނަކަން މިއުޒިއަމުން ވަނީ އެ މިއުޒިއަމްގެ އާސާރުތައް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ދައްކަވައިލައްވައި، އެ މިއުޒިއަމްގެ އެކިއެކި ކަލެކްޝަންތަކާ ބެހޭ މަޢުލޫމާތު އެ ކަމަނާއާ ހިއްސާ ކުރައްވާފައެވެ.

މި މިއުޒިއަމަކީ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ޕްރާނަކަން ތަރިކައިގެ މައްޗަށް އެކުލެވިފައިވާ އެކިއެކި އެގްޒިބިޓް ދައްކުވައިދޭ އަދި އެބައިމީހުންގެ ތާރީޚާއި އަމިއްލަވަންތަކަމާއި ސަގާފަތާ ބެހޭ މަޝްވަރާތަކަށް ހުޅުވާލެވިފައިވާ މަންސައެކެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެޤައުމުގެ ރައީސްގެ ދަޢުވަތަކަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު