އާދިއްތަ, November 15
އިމިގްރޭޝަނަށް ހާޒިރުކުރަން ކޮލޮމްބިއާ މީހަކު ހޯދަނީ
ބިދޭސީ ރައްޔިތަކު އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގައި އިޢުލާންކޮށްފިއެވެ. އިމިގްރޭޝަނުން މިއަދު ނެރުނު ނޯޓިސްގައިވާ ގޮތުން އެ މުއައްސަސާއަށް ހާޒިރުކުރުމަށް ބޭނުންވަނީ ކޮލޮމްބިއާގެ ރައްޔިތެއް ކަމަށްވާ ލޯރާ މާސެޑީސް ގުއޭރާ އެސްކުދޭރޯ (35 އ) އެވެ. ނަމަވެސް އޭނާ ހޯދަމުންދަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އެ މުއައްސަސާއިން ހާމައެއް ނުކުރެއެވެ. އިމިގްރޭޝަނުން ވަނީ ފަސް ދުވަހުގެ ތެރޭގައި މ. ސްޓާ ކްލައުޑްގައި ހުންނަ އެ އިދާރާގެ ރިސްކް އިންޓެލިޖަންސް ސެކްޝަނަށް ހާޒިރުވުމަށް އޭނާއަށް އަންގައިފައެވެ. އަދި އެމީހާ ހުރިތަނަކާ ގުޅޭ އެއްވެސް މަޢުލޫމާތެއް އެނގޭނަމަ، އިމިގްރޭޝަންގެ ނަންބަރު 9199017 އަށް ފޯނުން ގުޅައި ނުވަތަ risk@immigration.gov.mv އަށް އީމެއިލްކުރުމަށް އެ މުއައްސަސާއިން ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު