އާދިއްތަ, November 15
ތިލަމާލެ ބުރިޖުގެ %60 މަސައްކަތް ނިމިއްޖެ
ތިލަމާލެ ބުރިޖުގެ 60.84 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން ވަޒީރު ވިދާޅުވީ ތިލަމާލެ ބުރިޖުގެ ޕައިލިންގ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކަމަށާއި، މިއާއެކު ބުރިޖު މަޝްރޫޢުގެ އެންމެ ގޮންޖެހުން ބޮޑު މަސައްކަތް ނިމުނީ ކަމަށެވެ. ވަޒީރު ވިދާޅުވީ ޕައިލިންގެ ދަށުން އެއްގަމުގައާއި ކަނޑުގައި ޖުމުލަ 263 ހޮޅި ފައްތާފައިވާ ކަމަށެވެ. އަދި މިއާއެކު މުޅި މަޝްރޫޢުގެ ޖުމުލަ 60.84 އިންސައްތަ މަސައްކަތް ނިމުނީ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ތިލަމާލެ ބުރިޖުގެ މަޝްރޫޢުގެ ޓައިމްލައިންގައިވާ ގޮތުން ބުރިޖުގެ މާލެއިން ގުޅީފަޅަށް އަޅާ ބައި 31 މާރިޗު 2026 ގެ ނިޔަލަށް ނިމޭނެއެވެ. އަދި ގުޅީފަޅާއި ތިލަފުށި ގުޅާލާ ބައި 30 ސެޕްޓެންބަރު 2026 ގެ ނިޔަލަށް ނިންމުމަށް ހަމަޖެހިފައިވާއިރު، މުޅި މަޝްރޫޢު ނިމޭނެ ކަމަށް ލަފާކޮށްފައިވަނީ 30 ސެޕްޓެންބަރު 2026 ގެ ނިޔަލަށެވެ. 7 ބިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ހޭދަކުރާ މި މަޝްރޫޢު މި އަހަރުގެ ނިޔަލަށް ނުވަތަ 2026 ވަނަ އަހަރުގެ ކުރީކޮޅު ނިންމުމަކި ސަރުކާރުގެ އަމާޒެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު