Thursday, November 5
ބީއެމްއެލް އިން އިތުރު ޗާޖެއް ނެގުމަކީ ޤާނޫނީގޮތުން ކުރެވިދާނެ ކަމެއް ނޫން : މޫސާ ސިރާޖް

ބީއެމްއެލް ފިޔަވައި ދުނިޔޭގެ އެއްވެސް އެހެން ބޭންކަކުން އީކޮމާސް ވެބްސައިޓްތަކުން ކުރާ މުޢާމަލާތްތަކަށް ވަކި ޚާއްޞަ ޗާޖެއް ނުކުރާކަމަށާއި، އަދި މިއީ ރާއްޖޭގައި ޤާނޫނީގޮތުން ކުރެވިދާނެ ކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ބައެއް އީކޮމާސް ވެބްސައިޓްތަކުން ބީއެމްއެލް ކާޑު ބޭނުންކޮށްގެން ކުރާ ވިޔަފާރިތަކަށް އިތުރު ޗާޖެއް ނަގާނެކަމަށް ބީއެމްއެލް އިން މިއަދުވަނީ ބުނެފައެވެ.

މިކަަމަށް އިޝާރާތްކޮށް ސޯޝަލްމީޑިއާގައި ސިރާޖު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މުދަލުން ޑިއުޓީ އާއި ޓެކްސް ނެގުމަކީ ރައްޔިތުންގެ މަޖިލީހުން ޤާނޫނު ފާސްކޮށްގެން މެނުވީ ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އަދި ޤާނޫނު ފާސްކުރުމެއް ނެތި ވަކިވަކި އިދާރާތަކުން ފީގެ ނަމުގައި ޓެކްސް ނުވަތަ މުދަލުން ޑިއުޓީ ނަގަން ފެށުމަކީ ނުރައްކާތެރި ދޮރެއް ހުޅުވިގެންދާނެ ކަމެއްކަމަށް ސިރާޖު ވިދާޅުވިއެވެ.

އީކޮމާސް މެދުވެރިކޮށް ޑިއުޓީ ދައްކަން ނުޖެހޭގޮތަށް މުދާ ގެނެސް ވިއްކަން ފެށުމުން، ޑިއުޓީ ދައްކައިގެން މުދާ ގެންނަ ވިޔަފާރިވެރިންނަށް މިކަމުގެ ނޭދެވޭ އަސަރު ކުރާނެކަމަށާއި، އަދި މިކަމުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށްވެސް އަސަރުކުރާނެކަން ސިރާޖު ފާހަގަކުރެއްވި އެވެ.

ނަމަވެސް މިކަމުގެ ހައްލަކީ ބީއެމްއެލްއިން 30 ޕަސެންޓުގެ ފީއެއް ނެގުން ނޫންކަމަށާއި، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ޢަމަލުކުރާ ގޮތަށް ޤާނޫނަށް ބަދަލު ގެނައުންކަމަށް ސިރާޖު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު