ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދަށް، ސިންގަޕޫރު ސަރުކާރުން ރަސްމީ ގޮތުން މަރްޙަބާ ދަންނަވައިފިއެވެ.
މި ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ސިންގަޕޫރުގެ ފޮރިން މިނިސްޓްރީގައެވެ.
ރައީސްގެ ދެކަނބަލުން ސިންގަޕޫރުގެ ފޮރިން މިނިސްޓްރީއަށް ވަޑައިގަތުމުން މަރްޙަބާ ވިދާޅުވީ، ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އާއި އެ މަނިކުފާނުގެ އަނބިކަނބަލުން މިސް ޖޭން އިޓޯގީ ޝަންމުގަރަނަމްއެވެ.
މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޢިއްޒު ވަނީ، އެ މަނިކުފާނުގެ ޝަރަފުގައި އޮތް ޝަރަފުގެ ގާޑް، އިންސްޕެކްޓް ކޮށްދެއްވައިފައެވެ. އެއަށްފަހު، ދެ ޤައުމުގެ އިސް އޮފިޝަލުން، އެއް ޤައުމުން އަނެއް ޤައުމުގެ އެންމެ އިސްވެރިންނަށް ތަޢާރަފުކޮށް އެރުވުންވެސް އޮތެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރުފުޅު ކުރިއަށްދާނީ ޖޫން މަހުގެ 29 އިން އަންނަ ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ލިޔުން ކިޔާލުމުން