Saturday, October 31
ކަފާލާތުގެ ދަށުން މިނިވަން ކޮށްދިނުމަށް ޝަމްޢާން އެދިއްޖެ

އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަޙީދު ކަފާލާތުގެ ދަށުން މިނިވަން ކޮށްދިނުމަށް މިއަދު އެދިއްޖެއެވެ.

ޝަމްޢާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް މިއަދު ކްރިމިނަލް ކޯޓުގައި ފަށާފައިވާއިރު، މި މައްސަލައިގެ ޝަމްޢާންގެ ފަރާތުން ވަނީ އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލައި، ބަންދު މުރާޖަޢާ ކޮށްދިނުމަށް އެދިފައެވެ.

މި މައްސަލައާ ގުޅިގެން މިދިޔަ މާރިޗު މަހުގެ 21 ވަނަ ދުވަހުގެ ރޭ ހައްޔަރުކުރި ޝަމްޢާންގެ މައްޗަށް ދައުލަތުން ވަނީ ތިން ދައުވާއެއް އުފުލައިފައެވެ. ފުރަތަމަ ދައުވާއަކީ ފެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާ ސާބިތުވެއްޖެނަމަ، ތިން އަހަރާއި ދެ މަހާއި ދެ ދުވަހުގެ ޖަލު ޙުކުމެއް ޝަމްޢާންގެ މައްޗަށް އައިސްދާނެއެވެ.

ދެވަނައަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާއަށް ކަނޑައެޅިފައިވާ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ޙުކުމެކެވެ. އަދި ތިންވަނައަށް އުފުލާފައިވަނީ މަނީ ލޯންޑްރިންގެ ދައުވާއެވެ. މިއީ ފަސް އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ޙުކުމަކާއި، އެއް މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ދައުލަތަށް ދައްކަންޖެހޭ ގޮތަށް އަދަބު ކަނޑައެޅޭ ފަދަ ދައުވާއެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު