Saturday, October 31
އެފްއޭއޯ ކޮންފަރެންސްގެ މިނިސްޓީރިއަލް ބައްދަލުވުމުގައި މިނިސްޓަރ މާރިޔާ ބައިވެރިވެވަޑައިގެންފި

ތަރައްޤީވަމުންދާ ކުދި ޖަޒީރާ ޤައުމުތަކާއި (ސިޑްސް)، އެންމެ ކުރިއަރާފައިނުވާ ޤައުމުތަކާއި (އެލްޑީސީސް)، އަދި ކަނޑުން ބަންދުވެފައިވާ ތަރައްޤީވަމުންދާ ޤައުމުތަކާ (އެލްއެލްޑީސީސް) ބެހޭގޮތުން މިއަހަރު ބާއްވާ އިސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. މަރްޔަމް މާރިޔާ ބައިވެރިވެވަޑައިގެންފިއެވެ.

ފުޑް އެންޑް އެގްރިކަލްޗަރ އޯގަނިޒޭޝަން (އެފްއޭއޯ) އިން އިންތިޒާމްކޮށްގެން ބާއްވާ މި ކޮންފަރެންސް ބޭއްވެނީ ވަރަށް މުހިންމު ސަބަބުތަކަކަށްޓަކައެވެ. މި ހުރިހާ ސަބަބުތަކެއްވެސް އަމާޒުވެފައިވަނީ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަންގެ މެންޑޭޓެކެވެ.

އެއީ އެންމެންނަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، އިންސާނުންނަށް ހަރަކާތްތެރި އަދި ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ބޭނުންވާ ފެންވަރު ރަނގަޅު ކާނާ މެދުކެނޑުމެއްނެތި ލިބޭކަން ޔަޤީންކުރުމެވެ.

މި ކޮންފަރެންސް އަކީ އެފްއޭއޯގެ އެންމެ މަތީ ނިންމުންތައް ނިންމާ މަޖިލީހެވެ. މެންބަރު ޤައުމުތައް އެއްވެ، ދަނޑުވެރިކަމާއި، ފޮރެސްޓްރީއާއި، މަސްވެރިކަމާއި، އަދި ރަށްފުށުގެ ތަރައްޤީއާ ގުޅޭގޮތުން ޖަމްޢިއްޔާގެ މަސައްކަތްތަކަށް މުޅި ސިޔާސަތުތަކާއި، ސްޓްރެޓެޖިކް އޮނިގަނޑާއި، ދުރު ރާސްތާގެ ތަޞައްވުރު ކަނޑައަޅައެވެ.

އަދި ކޮންފަރެންސްއިން ކުރިއަށް އޮތް ދެ އަހަރަށް އެފްއޭއޯގެ މަސައްކަތުގެ ޕްރޮގްރާމާއި ބަޖެޓް މުރާޖަޢާކޮށް ފާސްކުރެއެވެ. މިއިން ކަނޑައެޅެނީ ޖަމްޢިއްޔާގެ ވަސީލަތްތައް ބޭނުންކުރާނެ ގޮތާއި، ދުނިޔޭގެ ފެންވަރުގައި ހިންގާނެ ވަކި އިސްނެގުންތަކާއި މަޝްރޫޢުތަކެވެ.

މުރާޖަޢާކުރުމާއި ޖަވާބުދާރީވުން: މިއީ މެންބަރު ޤައުމުތަކަށް ދުނިޔޭގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމުގެ ޙާލަތު މުރާޖަޢާކޮށް، ހައިހޫނުކަމާއި ކާބޯތަކެތީގެ ނިޒާމުތަކާ ގުޅޭ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާ ދިމާލަށް ކުރެވިފައިވާ ކުރިއެރުން ވަޒަންކޮށް، އަދި އެފްއޭއޯގެ މަސައްކަތުގެ ފެންވަރާމެދު ޖަވާބުދާރީކުރުވުމުގެ މަޖިލީހެކެވެ.

އެފްއޭއޯ ކޮންފަރެންސްއަކީ ދުނިޔޭގައި ބަނޑުހައިހޫނުކަމާއި ފަޤީރުކަމާ ދެކޮޅަށް ކުރެވޭ މަސައްކަތަށް އިރުޝާދުދިނުމަށާއި، ދެމެހެއްޓެނިވި ކާބޯތަކެތީގެ ނިޒާމުތައް ކަށަވަރުކުރުމަށް  މުހިންމު ދައުރެއް އަދާކުރާ ކޮންފަރެންސްއެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު