Saturday, October 31
މަދަނީ ޖަމްޢިއްޔާތަކުގެ ޤައުމީ ފޯރަމް އަންނަ އޮގަސްޓު މަހު

މަދަނީ ޖަމްޢިއްޔާތަކުގެ ޤައުމީ ފޯރަމް މިއަހަރުގެ އޮގަސްޓު މަހުގައި ބާއްވަން މަސައްކަތް ކުރަމުންދާ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ރަޖިސްޓަރަރ، އަލީ ޝަކީލް ވިދަޅުވެއްޖެއެވެ.

މި ފޯރަމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ދެއްވަމުން ޝަކީލް ވިދާޅުވީ މި ފޯރަމް ބޭއްވުމަށް މަސައްކަތްކުރައްވަމުންދާ ތާރީޚަކީ އޮގަސްޓު މަހުގެ 27 އިން 30 އަށް ކަމަށާއި، ފޯރަމްގައި ރާއްޖޭގެ ވީހާވެސް ގިނަ ޖަމްއިއްޔާތަކަށް ފުރުސަތު ދިނުމަށްޓަކައި މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

"މި ފޯރަމަކީ ވަރަށް މުހިންމު ފޯރަމެއް. ގިނަ ޖަމްޢިއްޔާތަކުން ފޯރަމްއެއްގައި ބައިވެރިވެ، ކަރުދާސްތައް ހުށަހެޅި ޖަމްޢިއްޔާތައް ކުރިއަށް ދިއުމުގައި ދިމާވާ ގޮންޖެހުންތަކާއި މައްސަލަތަކުގެ ހައްލު ހޯދުމަށްޓަކައި ސަރުކާރުގެ އެކިއެކި އިދާރާތަކުގެ ކަމާ ބެހޭ ބޭފުޅުންނާއެކު އިށީންދެ ހައްލުތަކެއް ލިބިގެންދާނެ ފޯރަމެއް"، ޝަކީލް ވިދާޅުވިއެވެ.

މި ފޯރަމްގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ހުރިހާ އަތޮޅަކުން ވެސް މަދަނީ ޖަމްއިއްޔާތައް މި ފޯރަމް އޮންނަ ސަރަހައްދަކަށް ގެނެސް މިފޯރަމްގައި ބައިވެރިކުރުން ކަމަށް ޝަކީލް ވިދާޅުވިއެވެ.

މި ފޯރަމްގައި ބައިވެރިވާން ހަމައެކަނި ޝަރުތަކީ ޤާނޫނުގައި ބުނާ އެކްޓިވް ޖަމްއިއްޔާއަކަށް އެޖަމްޢިއްޔާވުމެވެ.

މަދަނީ ޖަމްއިއްޔާތަކުގެ ފޯރަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުތަކުގެ ތެރޭގައި ވަރަށް މުހިންމު އެއް ވައުދެކެވެ. މިއީ މަދަނީ ޖަމްއިއްޔާތަކުގެ ގައިމީ ފޯރަމްއެއް ބާއްވާ ދެވަނަ ފަހަރެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު