އާދިއްތަ, November 15
ހިންނަވަރު އައުޓްޑޯ ޖިމްގެ މަސައްކަތް އާރުޑީސީން ނިންމާލައިފި
ޅ. ހިންނަވަރުގައި އައުޓްޑޯ ޖިމެއް ޤާއިމްކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފިއެވެ. އާރުޑީސީން މިކަން ހާމަކުރީ އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައެވެ. މިގޮތުން އާރުޑީސީން ބުނީ ސަރުކާރުން ކުރިއަށް ގެންދާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން މި ކޯޕަރޭޝަނާއި ހަވާލުކޮށްފައިވާ ޅ. ހިންނަވަރުގެ އައުޓްޑޯ ޖިމްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. 291،600ރ. ގެ އަގުހުރި މި މަޝްރޫޢުގެ މަސައްކަތް ސަރުކާރުން އާރުޑީސީއާ ހަވާލުކުރީ މިދިޔަ މާރިޗު މަހުގެ 29 ވަނަ ދުވަހުއެވެ. އާރުޑީސީން ދަނީ މީގެ އިތުރުންވެސް ހިންނަވަރު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތްވެސް ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު