ހދ. ނޮޅިވަރަންފަރު ބަނދަރު އިރުމަތި ސަރަހައްދުން ތެލުގެ ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ދޫކުރަން ނިންމައިފިއެވެ.
ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާއިން ކުރި އިޢުލާނެއްގައި ވަނީ ނޮޅިވަރަންފަރު ބަނދަރުއިރުމަތި ސަރަހައްދުން ތެލުގެ ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީ ކުރުމަށްފަހު، ޖުލައި 9 ގެ 14:00 ގެ ނިޔަލަށް އެ އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުމަށް އެދިފައެވެ.
މިކަމާ ގުޅެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ ޖުލައި 9 ވަނަ ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމްގައެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާނީ ޖުލައި 13 ގެ 10:00 އަށެވެ.
ކައުންސިލުން ވަނީ މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާހެއްވެސް ޝާއިޢުކޮށްފައެވެ. އަދި މި މައުލޫމާތުތަކުގެ އިތުރުން މައުލޫމާތެއް ސާފްކުރުމަށް ބޭނުންވާނަމަ ޖުލައި 9 ވަނަ ދުވަހުގެ 14:00ގެ ކުރިން އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ.
އަދި އަންދާސީ ހިސާބު ހުށަހަޅާ ދުވަހުގެ 10:00 ގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ކަމަށްވެސް ކައުންސިލުން ބުންޏެވެ.
މި ލިޔުން ކިޔާލުމުން