Saturday, October 31
ދަރަނބޫދޫގައި ހައިޑްރޮޕޮނިކްސް ތަމްރީން ޕްރޮގްރާމްއެއް ފަށައިފި

ފ. ދަރަނބޫދޫގައި ހައިބްރިޑް މޯޑްގެ ހައިޑްރޮޕޮނިކްސް ތަމްރީން ޕްރޮގްރާމްއެއް ފަށައިފިއެވެ.

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން މައުލޫމާތު ދިން ގޮތުގައި ޖޫން 23 ން 12 ޖުލައި ށް ކުރިޔަށް ގެންދާ މި ތަމްރީން ޕްރޮގްރާމަކީ ވާރޭ ހިޔާ އަދި ހައިޑްރޮޕޮނިކްސް ނިޒާމުތައް އިމާރާތްކުރުމާއި އެކުގައި ކުރިއަށްދާ ޕްރޮގްރާމެކެވެ.

މި  ތަމްރީން ޕްރޮގްރާމްގެ ބައިވެރިންގެ ތެރެއިން 10 ބައިވެރިންނަށް ހައިޑްރޮޕޮނިކްސް ނިޒާމްތައް ލިބިގެންދާނެ ކަމަށްވެސް މިނިސްޓްރީން މައުލޫމާާތުދެއެވެ.

މި ތަމްރީނު ޕްރޮގްރާމް ގައި ކިޔަވައިދެެއްވަނީ މިނިސްޓްރީ އޮފް އެގްރިކަލްޗަރގެ ޓެކްނިކަލް މުވައްޒަފުންނެވެ.

މިނިސްޓްރީން ވަނީ ރ. މާކުރަތުގައި ވެސް ހައިޑްރޮޕޯނިކްސް އާއި ބެހޭ ތަމްރީން ޕްރޮގްރާމެއް މިދިޔަ ހަފްތާގައި ހިންގާފައެވެ. އެއީ އެ ރަށުގެ ދަނޑުވެރިންނާ ސްކޫލުގެ ސާނަވީ ދަރިވަރުންނަށް އަމާޒު ކޮށްގެން ހިންގި ޕްރޮގްރާމެކެވެ. އެ ޖުމުލަ 36 ފަރާތެއް ބައިވެރިވި.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު