ފުވައްމުލަކު ސިޓީ ދަނޑިމަގު ޗަސްބިން ސަރަހައްދުގައި އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ މަޢުލޫމާތު އިއްޔެ 15:05 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބުމާ އެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައި ކަމަށެވެ.
މިގޮތުން މި މަސައްކަތުގައި ފުވައްމުލަކު ޕޯސްޓުގައި މަސައްކަތްކުރާ ސިފައިންގެ އެހީތެރިކަން ވެސް ލިބިފައިވާއިރު، ޗަސްބިން ސަރަހައްދުގައި ރޯވި އަލިފާން ނިއްވާލެވިފައި ވަނީ އިއްޔެ 21:05 ހާއިރު ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގައި މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން