އާދިއްތަ, November 15
ސަރުކާރުން ހަލާލް ޓޫރިޒަމަށް ރަށްތަކެއް ކަނޑައަޅަނީ
ރާއްޖޭގައި ޙަލާލް ޓޫރިޒަމް ފެށުމަށް ސަރުކާރުން ނިންމަވައިފިއެވެ. މިކަން އިޢުލާންކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން ރައީސް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ މުޅި ދުނިޔޭގައިވެސް މަޝްހޫރު ސިނާއަތެއް ކަމަށާއި، ރާއްޖެއަކީ ދެމެހެއްޓެނިވި ގޮތެއްގައި ޒިޔާރަތްކުރާ ފަރާތްތަކުގެ ތަޖުރިބާއާއި މެހުމާންދާރީއަށް ނަމޫނާއެއް ކަމަށެވެ. ރައީސް ވިދާޅުވީ މިހާރު އަމާޒުކުރައްވަނީ ޙަލާލް ޓޫރިޒަމްގެ ދާއިރާއިން އެންމެ މައްޗަކަށް ދިއުމަށް މަސައްކަތް ކުރެއްވުމަށް ކަމަށެވެ. މިގޮތުން، ޙަލާލް ފަތުރުވެރިކަން ތަރައްޤީކުރުމަށް ޚާއްޞަ ބައެއް ރަށްތައް ސަރުކާރުން ކަނޑައަޅުއްވާނެކަން އެމަނިކުފާނު އިޢުލާންކުރެއްވިއެވެ. ރައީސް ވިދާޅުވީ މިއާއެކު އިންވެސްޓަރުންނަށް ބޮޑެތި އިނާޔަތްތަކެއް ލިބިގެންދާނެ ކަމަށާއި، މިކަމުގެ ސަބަބުން ޕްރޮޑަކްޓް އޮފާތައް އިތުރުކޮށް ހަރުދަނާކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ. ރައީސް ވިދާޅުވީ އަންނަ ހަފުތާގެ ތެރޭގައި ސަރުކާރު ޙަލާލް ފަތުރުވެރިކަމާ ބެހޭ ޕްލޭންގެ އިތުރު ތަފްސީލްތައް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން އިޢުލާންކުރާނެ ކަމަށެވެ. އަދި ރާއްޖެއިން އަދިވެސް އޮތީ އިންވެސްޓްމަންޓަށް ތައްޔާރަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުން އިންވެސްޓަރުންނަށް މަރުޙަބާ ކިޔަން ތައްޔާރަށް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު