Saturday, October 31
ކައުންސިލަރުންނަށް ހިންގާ ޚަތީބުކަމުގެ ކޯހުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ކައުންސިލަރުންނަށް އަމާޒުކޮށްގެން އިސްލާމީކަންތައްތަކާ ބެޙޭ ވުޒާރާއިން ކުރިއަށް ގެންދާ ޚަޠީބުކަމުގެ ކޯހުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މި ކޯހުގައި ބައިވެރިވުމުގެ މުއްދަތު 3 ޖުލައި 2025 ގެ 13:00 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ. ކޯހުގައި ބައިވެރިވުމަށް އެދި ހުށަހަޅާނީ މި ފޯމު ފުރިހަމަކޮށްގެންނެވެ.

މި ކޯހުގައި ބައިވެރިވާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި ކައުންސިލަރަކަށްވުން ނުވަތަ ކައުންސިލްގެ ޒިންމާދާރު ވެރިޔާއަށްވުން އަދި ފިރިހެނަކަށްވުން ހިމެނެއެވެ. 15 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯސް ކިޔަވައިދޭނީ އޮންލައިންކޮށެވެ. ކިޔެވުން އޮންނާނީ ހަފުތާއަކު ފަސް ދުވަހު 20:30 އިން 22:30 އަށެވެ.

މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ 50 ފަރާތަކަށެވެ. އަދި ކޯހަށް ހޮވުމުގައި ކީރިތި ޤުރްއާން ފަރިތަކަމާއެކު ކިޔަން އެނގުން އަދި ދިވެހިބަހާއި ޢަރަބިބަހުގެ ކިޔުމުގެ ފަރިތަކަމަށް ބަލާނެއެވެ.

މި ކޯހަށް ކުރިމަތިލާ ފަރާތްތަކުގެ އިންޓަވިއު އޮންނާނީ ޖުލައި 8 އަދި 9 ގައި ކަމަށް ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު