ފިރުޢައުނު ޣަރަޤުކުރެއްވި ހާދިސާއިން އެނގެނީ މާތްﷲ އަށް ކާފިރުވެ، ދުނިޔެ ފަސާދަކުރަން އުޅެ މީހުންނަށް ގަދަފަ ޢަޛާބުން ޢަޛާބު ދެއްވައި، ނެތިކުރައްވާނެކަން ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ޚުޠުބާގެ މައުޟޫޢަކީ "ޢާޝޫރާ ދުވަހުގެ މާތްކަން"، މިއެވެ.
މިއަދުގެ ޚުޠުބާގައި ވިދާޅުވީ މުޙައްރަމް މަހުގެ 10 ވަނަ ދުވަހަކީ، ނުވަތަ ޢާޝޫރާ ދުވަހަކީ ހެޔޮކަމާއި، ޒިކުރާތަކާއި، ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއް ކަމަށާއި، ޢާޝޫރާ ދުވަހަކީ ފިރުޢައުނުގެ ކިބައިން މޫސާގެފާނު ސަލާމަތްކުރައްވައި، ފިރުޢައުނާއި، އޭނާގެ ލަޝްކަރު، މާތްﷲ ޣަރަޤުކުރެއްވި ދުވަސް ކަމަށެވެ.
މީގެ އިތުރުން ޚުޠުބާގައި ވިދާޅުވީ މިފަދަ ހާދިސާތަކުގައި ގިނަގުނަ ޢިބުރަތްތަކާއި ދަރުސްތައްވާ ކަމަށާއި، މީގެ އެންމެ މުހިންމު ފިލާވަޅަކީ ﷲ، އެކަލާނގެ ނަބިއްޔުންނާއި އެކަލާނގެއަށް އީމާންވާ މީސްތަކުން، ބޮޑެތި މުސީބާތްތަކުން ސަލާމަތްކުރައްވާ ގޮތް އެނގި، އީމާންކަން ހަރުދަނާކުރުމަށް މަސައްކަތް ކުރުމުގެ ފިލާވަޅު ކަމަށެވެ.
މިއަދުގެ ޚުޠުބާގައި އިތުރަށް ވިދާޅުވީ ފިރުޢައުނު ޣަރަޤުކުރެއްވި ހާދިސާއިން އެނގެނީ މާތްﷲ އަށް ކާފިރުވެ، ދުނިޔެ ފަސާދަކުރަން އުޅެ މީހުންނަށް ގަދަފަ ޢަޛާބުން ޢަޛާބު ދެއްވައި، ނެތިކުރައްވާނެކަން ކަމަށާއި، އެ މީހުންނަށް އެ ކަމުގައި ކާމިޔާބެއް ނުލިބޭނެ ކަމަށެވެ.
"އަދި އަހަރެމެން ފަސާދަޔާ ދެކޮޅަށް ތެދުވާން ޖެހޭނެކަން. ހަމަ އެހެންމެ، މާތްﷲ އަށް އީމާންވާ މީހުންނަށް ދުނިޔޭގައި ވެސް ޢިއްޒަތާއި، ޝަރަފާއި، ޤަދަރު ދެއްވާނޭކަން"، ޅުޠުބާގައި ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން