Saturday, October 31
މާލޭ އިރުމަތީ ފަރާތަށް އުދަ އަރައިފި

މާލޭ އިރުމަތީ ފަރާތަށް އުދަ އަރައި، އެ ސަރަހައްދުގައި ފެންބޮޑުވެއްޖެއެވެ.

އުދަ އެރުމުގެ ސަބަބުން ސަލްމާން މިސްކިތުގެ ފަހަތުގައި އޮންނަ މަގާއި ކާނިވާ ސަރަހައްދުގެ ޑޮލްފިން ރެސްޓޯރަންޓް ފަހަތް ހިމެނޭހެން ރާޅުގަނޑާ ދިމާލަށް ވެސް ވަނީ ވަރަށް ބޮޑަށް އުދައިގެ އަސަރުކޮށްފައެވެ.

އުދަ އެރުމުގެ ސަބަބުން މާލެ ސިޓީ ކައުންސިލުގެ މުވައްޒަފުން އަންނަނީ އުދައިގެ އަސަރުކޮށްފައިވާ ހިސާބުތަކުން ވެއްޔާއި އަކިރިތައް ނަގާ އެސަރަހައްދުގައި ހަރަކާތެރިވަމުންނެވެ.

މާލޭ އިރުމަތީ ފަރާތަކީ އާންމުކޮށް ވިއްސާރައިގައި އުދައިގެ އަސަރުކުރާ ސަރަހައްދެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު